ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާ، އެ ދެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރު ކޮށްފިއެވެ.

ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަށް ކުރިން ހަމަޖއްސާފައި ވަނީ މިމަހު 10 ވަނަ ދުވަހުގެ ގެ 12:00 އަށެވެ.

ނަމަވެސް އެމުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ މާލެ ސިޓީގައި ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތިލުމުގެ މުއްދަތު މިމަހު 20 ވާ އާދިއްތަ ދުވަހުގެ 2:00ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ފޯމް ހުށަހަޅަންޖެހެނީ ތައިސޭކޮށީގައި ހުންނަ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބަޔަށް ކަމަށެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ދެ މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާފައިވަނީ ދަރުބާރުގޭގެ އިރުން އޮންނަ ހުސްބިމުގައި އާއި ތާޖުއްދީން ސްކޫލުގެ ހުޅަނގުން އޮންނަ ހުސް ބިމުގައެވެ.