4 ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދު ކަނޑައަޅައިފިއެވެ.

މި އަހަރު ފައިސާ ލިބޭ ޕާޓީތަކަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީއެވެ.

ޕާޓީތަކުގައި މެމްބަރުން ތިބި އަދަދާއި ފައިސާ ދޫކުރާ އަދަދު:

  • އެމްޑީޕީ، 54،660 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ.
  • ޕީޕީއެމް، 34،237 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުދިޔާ.
  • ޖޭޕީ، 20،107 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74ރުފިޔާ..
  • އަދާލަތު ޕާޓީ، 10،554 މެންބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79ރުފިޔާ.

ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ބަލަނީ މި އަހަރަށް ބަޖެޓް ފާސްކުރި އިރު އެ އަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ.