މާލިފުއްޓަށް އެމްއެންޑީއެފް ޓްރޭނިން ހަދަން ދިޔަ މީހަކު ހާލު ދެރަވެ މަރުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އިއްޔެ މާފިލާފުއްޓަށް ޓްރޭނިން ހަދަން ދިޔަ ގދ.ގައްދޫ، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އަދި އެހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް އޭނާ މިއަދު މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާފިލް މަރުވި އިރު އޭނާގެ އުމުރަކީ ކިހާވަރެއްކަން ނޭންގޭއިރު އޭނާ މަރުވީ މިއަދު ކިހާއިރަކު ކަމެއް ވެސް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.
މީގެ ކުރިން ވެސް އެމްއެންޑީއެފް އަދި ޕޮލިސް ޓްރޭނިން އަށް ދިޔަ ބައެއް ފަރާތްތައް ވަނީ ކުއްލި ގޮތަށް ހާލު ސީރިއަސް ވެސް ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ.