ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ސަޕްލައިއާއި ކާބޯތަކެތީގެ އަގުތަކަށް ބޮޑު ޝޮކެއް އަންނާނެ ކަމަށް، ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ގަހު ކަނާ އުފައްދާ ކުންފުންޏެއްގެ ވެރިޔާ އިންޒާރު ކުރައްވައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށް ވުރެ ގިނަ ގައުމުގައި އޮޕަރޭޓް ކުރާ ޔާރާ އިންޓަނޭޝަނަލްއަކީ، ޒަރޫރީ ރޯ މެޓީރިއަލްތައް، ފުދޭ ވަރަކަށް ރަޝިއާއިން ގަންނަ ކުންފުންޏެކެވެ.

ގޭހުގެ އަގު އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން، ގަހު ކާނާގެ އަގު މިހާރުވެސް އުޅެނީ މަތީގައެވެ.

ތެޔޮ ފީފާ ތަކެއް ---

ޔާރާގެ ވެރިޔާ، ސްވެއިން ތޯރެ ހޯލްސެތާރް ވަނީ، ހާލަތު އަދިވެސް އިތުރަށް ގޯސް ވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ހޯލްސެތާރު ވަނީ، ކޮންމެ ގަޑިއަކުން މަސްރަހު ބަދަލު ވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"ހަނގުރާމައިގެ ކުރިންވެސް އަހަރަމެން ތިބީ ދަތި ހާލަތެއްގަ...މިހާރު އަނެއްކާ ސަޕްލައި ޗޭނަށް އެހެން ކަމެއް މި އިތުރުވީ. އަހަރަމެން މިހާރު މިސްރާބު ޖަހާފައި މިވަނީ، މި މޫސުމުގެ އެންމެ މުހިންމު ދުވަސްވަރަށް. ދަނޑުވެރިކަން ކުރިއަށް ގެންދިއުމަށް ގިނަ އަދަދަކަށް ގަހު ކާނާ ބޭނުންވާ ދުވަސްވަރަށް. މާ ގިނަ ދުވަހެއް އެކަމަށް އަސަރު ފޯރާނެ" ހޯލްސެތާރް ވިދާޅުވިއެވެ.

ރ. ކިނޮޅަހުގައި އެގްރޯނެޓުގެ ދަނޑުވެރިންނަށް ހިންގި ހާއްސަ ޓްރޭނިން ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް އެގްރިކަލްޗާ

ދުނިޔޭގެ ސަޕްލައި ޗޭނަށް ބަލާއިރު ރަޝިއާއާއި ޔޫކްރައިންގެ އުފެއްދުންތެރިކަމުގެ ހިއްސާ ބޮޑެވެ.

ދަނޑުގޮވާން ކުރުމަށް ބޭނުން ކުރާ ގަހު ކާނާގައި އެކުލެވޭ މުހިންމު މާއްދާތަކެއް ކަމަށް ޕޮޓޭޝްއާއި ފޮސްޕޭޓް ފަދަ މުހިންމު މާއްދާތައް އެންމެ ފުޅާ ދާއިރާއެއްގައި އުފައްދާ އެއް ގައުމަކީ ރަޝިއާއެވެ.

"ދުނިޔޭގެ އާބަދީގެ 2 ބައިކުޅަ 1 މީހުންނަށް ކާބޯތަކެތި ލިބެނީ ގަހު ކާނާގެ ސަބަބުން... ބައެއް ދަނޑުބިންތަކުން ގަހުކާނާ އުނިކޮށްފިނަމަ، އުފެއްދުންތެރިކަން 50 ޕަސެންޓް ދަށްވާނެ" ހޯލްސެތާރް އިންޒާރު ކުރެއްވިއެވެ.

މުހިންމީ ބައިނަލްއަގުވާމީ ފެންވަރުގައި ކާބޯތަކެތީގެ ކާރިސާއެއް އުފެދިދާނެ ތޯ ބެލުން ނޫން ކަމަށާ، މުހިންމީ އެ ކާރިސާގެ ބޮޑުމިން ކަމަށް ހޯލްސެތާރް ވިދާޅުވިއެވެ.

ސްރީލަންކާގައި ކާބޯތަކެތި ވިއްކާ ކަޑައެއް / ފައިލް ފޮޓޯ: އެކްސްޕީރިއަންސް ޓްރެވެލް ގްރޫޕް

ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި ޔާރާއިން ހިންގާ އޮފީހަށްވެސް މިސައިލް ހަމަލާ ވަނީ އަމާޒުވެފައެވެ. ނޯވޭގައި މަރުކަޒު ކޮށްގެން ހިންގާ ޔާރާ އިންޓަނޭޝަނަލްއަށް، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަދި ސީދާ ގޮތުން އަސަރެއް ނުކުރެއެވެ. ނަމަވެސް ނުސީދާ އަސަރަކަށް އެ ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ. ކަނޑުމަގުން މުދާ އުފުލުމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން، އުފެއްދުންތައް ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރަން ޖެހެއެވެ.

ވިލާތުގައި ކާބޯތަކެތި އުފެއްދުމަށް ބޭނުން ކުރާ މުހިންމު މާއްދާތަކުގެ ބޮޑު އިންސައްތައެއް އަންނަނީ ރަޝިއާއިންނެވެ. މިކަމަށް ހައްލު ހޯދުމަށް އިތުރު މަސްދަރުތައް ހޯދަމުން ދިޔަ ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މިކަން ކުރުމަށް އޮތީ ހަނި ފުރުސަތުތަކެއް ކަންވެސް ހޯލްސެތާރް ވަނީ ފާހަގަ ކުރައްވާފައެވެ.

ނަތީޖާއަކަށް ވެގެން ދާނީ ދަނޑުވެރިކަމަށް ހިނގާ ހޭދަ ބޮޑުވެ، ސަޕްލައި ދަށްވުން ކަމަށް މުރާސިލުން ބުނެއެވެ. މިއާއެކު ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދާނެ ކަމަށް ބަލަން ޖެހެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ސިނާއަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވުމުގެ ކުރިންވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ، އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން، ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ.

ސުއެޒް ކެނޭލްގައި ތާށިވެފައި އޮތް މުދާ އުފުލާ ބޯޓު/ ފޮޓޯ: މިޓިލްއީސްޓްއައި

ދިގު މުއްދަތުގެ ޕްލޭނަކަށް ބަލާއިރު ބައިނަލްއަގުވާމީ ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ޗޭނުގައި ރަޝިއާއަށް ބަރޯސާ ވާ މިންވަރު ކުދަ ކުރުން މުހިންމު ކަމަށް ޔާރާ އިންޓާނޭޝަނަލްގެ ވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝިއާއާއިން ޔޫކްރައިންގައި ކުރާ ހަނގުރާމައިގެ ސަބަބުން، ގޮންޖެހުންތަކުގެ މައްޗަށް ގޮންޖެހުން އިތުރުވީއެވެ. މި ކަމުގެ ނުރައްކާ އެންމެ ބޮޑުވާނީ ފަގީރު ގައުމުތަކަށް ކަން ހޯލްސެތާރް ވަނީ ފާހަގަ ކުރައްވާފައެވެ.

ޔޫކްރައިނުން މިހާރުވެސް ވަނީ ބައެއް އުފެއްދުންތައް އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. އެގޮތުން އެއްގަމު މަސް، އޯޓްސް، ހަކުރު އަދި ލިނު ފަދަ އުފެއްދުންތައް، އާދީއްތަ ދުވަހުން ފަށައިގެން އެކްސްޕޯޓް ނުކުރާނެ ކަމަށް ޔޫކްރޭނުން ވަނީ އިއުލާން ކޮށްފައެވެ.