މީގެ ހަފްތާއެއް ކުރިން ގެއްލިގެން ރިޕޯޓްކޮށްފައިވާ އުމުރުން 23 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.

މި މަހުގެ 19 ގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޅ. ނައިފަރު / ޑޭޒީހިޔާ، އަހުމަދު ވިއާމް (23އ) އެވެ. އޭނާ ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

ފުލުހުން މިއަދު ބުނީ، ވިއާމް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ވިއާމްގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ވީނުވީއެއް ނޭނގި ވިއާމް ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވަނީ 19 ގައެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.