ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ތިން ވައުދެއް ވެވަޑައިގެންފިއެވެ.

މިނިސްޓަރު އައިޝަތު މި ވައުދުތައް ކުރައްވާފައިވަނީ 2022 ވަނަ އަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގެ ތެރެއިންނެވެ.

މި ސަމިޓްގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސް) ގައިވާ ކަންކަން އިތުރަށް ތަންފީޒުކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް ގެނެއުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި ސަމިޓްގެ ބައިވެރިން އެކި ވައުދުވެފައިވާ ކަމަށާއި މިގޮތުން 171 ފަރާތަކުން ޖުމްލަ 968 ވައުދެއް ވެފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ދިރުއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެންގެ ހައްގުގައި މިނިސްޓަރު އާއިޝަތު މިސަމިޓުގައި ތިން ވައުދެއް ވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ހާސިލުވުމަށް މަގުފަހިވާނެގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށްވުރެ ފަސޭހަކަމާއެކު އެފަރާތްތަކަށް ވާސިލުވެވޭގޮތަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭގޮތަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

އިންޓަނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައިޑީއޭ) އަދި ނޯވޭގެ ސަރުކާރުން ގާނާގެ ސަރުކާރާ ގުޅިގެން މި ސަމިޓް ބާއްވާފައި ވަނީ ފެބުރުވަރީ 16-17، 2022 ގައި ވާޗުއަލްކޮށް ކަމަށް ޖެންޑާ މިނިސްޓްރީ