ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ދުވަހު ކުއްޔަށްދޭ މައްސަލަ ބަލަމުންދާ ކަމަށް، ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހިޔާ ފްލެޓްގައި ހުރި އެ އެޕާޓްމަންޓުގެ މަސައްކަތް ނިންމައި އެތަން ކުއްޔަށް ދިނުމަށް އައިބޭގައި މީހަކު އިއްޔެގެ ވަގުތެއްގައި ޖަހާފައިވާ ޕޯސްޓެއްގައިވާ ގޮތުން، އޭސީ ކޮށްފައި ހުންނަ ކޮޓަރިއެއް ކުއްޔަށް ދޫކުރަނީ 650ރ އަށެވެ. އަދި އޭސީ ނުކޮށް ހުންނަ ކޮޓަރިއެއް ދޫކުރަނީ 450ރ އަށެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މީޑިއާތަކުގައި ބުނީ، އައިބޭގައި ކޮށްފައިވަނީ ސައްހަ ޕޯސްޓެއްތޯ ބަލަމުންދާ ކަމަށާއި، އެ މައްސަލަ ބެލުމަށްފަހު އަޅާނެ ފިޔަވަޅަކާ މެދު ނިންމާނެ ކަމަށެވެ.
މީގެ ކުރިންވެސް އެފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ މިއީ މަނާ ކަމެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ، ފްލެޓް ކުއްޔަށް ދޭކަން ސާބިތުވެއްޖެ ނަމަ ފްލެޓް އަތުލެވޭނެ ކަމަށް އޮތަސް، އެ ކަންކަން ތަންފީޒު ނުކުރެވޭ ކަމުގައިވެސް އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ހިޔާ ފްލެޓްގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓްގެ އަގު ދައްކައި ނިމުމުގެ ކުރިން ފްލެޓް ކުއްޔަށް ދޫކުރެވޭނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއި އެކީގައެވެ. އެހެންނޫނީ، ހައުސިން މިނިސްޓްރީއަށް ފްލެޓް އަތުލެވޭނެއެވެ.
ފްލެޓް ލިބުނު މީހުންގެ ތެރެއިން އެ ތަންތާނގައި ދިރިއުޅެނީ %10 މީހުން.. %90 ކުށްޔަށް ދީފަ..
ބޭކާރު އަގަނުތަޅާ ތިބޭ އެއްކަމެއްވެސް ނުވާނެ މިހާރުވެސް އެދެނީ ކުރީގެ ފުލެޓުތަކުން