އެއްފަހަރާ 400 ސިފައިން ތަމްރީން ކުރުމުގެ ކެޕޭސިޓީ ހިމެނޭ އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިން ސެންޓާ ފޭސް-1 ގެ އެނެކްސް އިފްތިތާހު ކޮށްފިއެވެ.
އެ ސެންޓަރު އިފްތިތާހު ކޮށްދެއްވީ، މިއަދު ޅ. މާފިލާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ. އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރު ފޭސް-1 ގެ އެނެކްސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް އާއި އިންޑިއާގެ ވަފްދުގެ މެންބަރުންނާއި، ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރު ފޭސް-1 ޕްރޮޖެކްޓްގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރެވެ. އެ ކޮންޓްރެކްޓް ގެ ދަށުން ޓްރެއިނިން ބިލްޑިން، އެޑްމިން ބިލްޑިން، ބެރެކްސް، ހެލްތު ޕޯސްޓް، ރެކްރިއޭޝަން ޕޯލް، ފެނާއި ނަރުދަމާ އަދި ޕަމްޕު ސްޓޭޝަން، ކޮމިއުނިކޭޝަން ނެޓްވޯކް، ފަޔަރިން ރޭންޖް، ފަޔަރިން ޝެޑް އަދި އަދި އޮބްސްޓިކަލް ބެލްޓު މިހާރު ވަނީ ނިންމާފައެވެ.
މި ޕްރޮޖެކްޓް އިފްތިތާހުކޮށް އެ ޕްރޮޖެކްޓަށް އެނެކްސް އިތުރުކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެގޮތުން އިތުރު ކުރެވުނު އެނެކްސްގެ ދަށުން އިންސްޓްރަކްޓާ ބެރެކްސާ، ރެކްރިއޭޝަން ހޯލް، އެކަމަޑޭޝަން ބްލޮކް، ޓޮއިލެޓް ބްލޮކް، ވޯޓު ޓޭންކް ޓަވަރާއެކު އަދި މެސްހޯލަށް ބައެއް އިތުރު ކުރެވިފައި ވެއެވެ. އެގޮތުން މިއަދު ހުޅުވިގެން ގޮސްފައިވަނީ ފޭސް-01 އަށް އިތުރު ކުރެވުނު އެނެކްސްގެ ދަށުން އިމާރާތް ކުރެވުނު ބައިތަކެވެ.
އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރު ތުރައްގީ ކުރަމުން ދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހާރުވެސް މި ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރުގައި އެއްފަހަރާ 400 މީހުން ތަމްރީނު ކުރުމުގެ ގާބިލްކަން ފޭސް-1 ގެ އެނެކްސް އާއެކު ލިބިގެން ދާނެއެވެ.
ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރު އެކީ ނިމުމުން ސިފައިންގެ ތަމްރީނުތައް ހިންގާ މައިމަރުކަޒުގެ ގޮތުގައި އެތަން ބަދަލުވެގެން ދާނެއެވެ. ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރުގައި ހިމެނެނީ މެރިން ކޯ ޓްރެއިނިން ސްކޫލާއި، ކޯސްޓްގާޑް ޓްރެއިނިން ސްކޫލާއި، ދު ބޭސިކާ ސްކޫލެވެ.
2014ގަ ވެރިކަމުގަ ހުރީ ކާކު. އިންޑިޔާގެ އެހީގަ ސިފައިންގެ ތަމްރީނު ސެންޓަރެއް އެޅީކީއްްވެ.