ކިއެވުމުގެ ރޮނގުން އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުގެންނަ ކަމުގެ ޝަކުވާ ކުރުމުން އާއިލާ ތެރޭގައި އުފެދުނު ދެބަސްވުމެއްގައި ހިތްހަމަ ނުޖެހިގެން، އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު، އޭނާގެ މައިންބަފައިންނާއި 10 އަހަރުގެ ފިރިހެން ކޮއްކޮ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
ސްޕެއިންގައި ހިނގާ ދިޔަ މި ހާދިސާއާ ގުޅިގެން، 15 އަހަރުގެ ކުއްޖާ މިހާރު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅި އާއިލާގެ ހަބަރު ބަލާލަން ދިޔަ ތިމާގެ މީހަކަށް، އެ އާއިލާގެ 3 މެންބަރުން، ލޭގެ ކޯރެއްގައި ވެއްޓިފައި އޮއްވާ ފެނުނު ހިސާބުންނެވެ.
އާއިލާ މެންބަރު އެ ގެއަށް ދިޔައީ އެ ގޭގެ އަންހެން މީހާގެ ހަބަރެއް ނުވެގެން ކަމަށް ވެއެވެ. އަދި އާއިޅާ މެންބަރު ދިއުމުން، މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮވެސް މަރާލި ކަމަށް އެނާއަށް ބޮޑު ދައިތަ ކިއާ 15 އަހަރުގެ ކުއްޖާ ކިޔައިން ދިން ކަމަށްވެއެވެ.
ހާދިސާ ހިނގި ސަރަހައްދަށް، ފުލުހުންގެ އިތުރުން ސައިކޮލޮޖިސްޓުންވެސް ދިޔަ ކަމަށް ހަބަރު ލިބެއެވެ.
15 އަހަރުގެ ފިރިހެން ކުއްޖާ، އޭނާގެ އާއިލާ މަރާލުމަށް ފަހު، ގަބުރު ތަކާއެކު 3 ދުވަސް، އެކަނި މައިއެކަނި ހޭދަ ކުރި ކަމަށްވެއެވެ.
ހާދިސާ ހިނގި ގޮތް ފުލުހުންނަށް ކިޔައިދެމުން ދިޔައިރުވެސް ކުއްޖާގެ ފަރާތުން ބިރުގަތުމާއި ހިތާމައިގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ. ޒުވާބު ހިނގީ މަންމައާ ކަމަށާ، ބައްޕަ ޝިކާރަ ކުރަން ގެންގުޅޭ ބަޑި ބޭނުން ކޮށްގެން ފުރަތަމަ މަރާލީ މަންމަ ކަމަށް އެކުއްޖާ ވަނީ ބުނެފައެވެ. އެއަށްފަހު ކޮއްކޮ މަރާލުމަށްފަހު، ބައްޕަ މަރާލީ އެންމެ ފަހުން ކަމަށްވެސް ވަނީ ބުނެފައެވެ.
ދިވެހި މަންމައިން ވެސް މިކަމުން ޢިބްރަތް ޙާޞިލް ކުރުން މުހިއްމު. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް. ދޮށީ ކުއްޖާ މޮޅުވިޔަސް ހަނގު ކުއްޖާ މޮޅެއް ނުވެދާނެ. ހަނގު ކުއްޖާ ބަސް އެހިޔަސް، ދޮށީ ކުއްޖާ ބަސް ނާހަފާނެ. އެކަމަކު ކޮންމެ ކުއްޖަކާ ވެސް ވާހަކަދައްކަން ވާނީ އެ ކުއްޖަކާ ގުޅޭގޮތަށް. މޮޅު ނަތީޖާއަށް މަޖުބޫރު ކުރުމަކީ ރަނގަޅު ކަމެއް ނޫން. އެހެން ނަމަވެސް އަބަދު ވެސް ނަތީޖާ ކުރިއަށް ވުރެ ރަނގަޅު ކުރަން ދަރިފުޅު ބޭނުންވާ ކަންކަން އަހައި، އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން ދިނުން ވެސް މުހިއްމު.
ދަރިންނަށް ކިޔަވައިދިނުމުގެ ކަންތައްތަކުގައި ބައްޕައިންގެ އެއްވެސް ޒިންމާއެއް ނޯންނަނީތޯ؟ ހުރިހާ ކަމެއް މަންމައިންގެ ބޮލަށް ނުޖަހާށެވެ.