ފީފާ ވޯލްޑްކަޕް 2026 މުބާރާތުގައި ވަކި ވަކި ކުޅުންތެރިންނަށް ދިން ޝަރަފުތައް ވެސް ޗެމްޕިއަން ސްޕެއިންގެ ކުޅުންތެރިންނަށް ލިބިއްޖެއެވެ.

މިގޮތުން، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕެއިންގެ ޑިފެންޑަރު ޕައު ކުބާސީއެވެ. އަދި އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ސްޕެއިންގެ އޫނައި ސިމޯންއެވެ.

ފައިނަލްގައި އާޖެންޓީނާ ބަލިކޮށް ސްޕެއިން ތަށި އުފުލާލި އިރު މުޅި މުބާރާތުގައި ވެސް ސްޕެއިންގެ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މި ކާމިޔާބީގެ ފަހަތުގައި ކުބާސީ އަދި ސިމޯންގެ އިތުރުން ޑިފެންޑަރު ލަޕޯޓް އަދި ކުކުރެއާއާ ޕެޑްރޯ ޕޯރޯ ވެސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ސްޕެއިންގެ މިޑްފީލްޑަރު އަދި ކެޕްޓަން ރޮޑްރީއެވެ. މުޅި މުބާރާތުގައި ވެސް ރޮޑްރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ސްޕެއިންގެ މިޑްފީލްޑް ކޮންޓްރޯލްކޮށް އެޓީމުގެ ހަމަލާތައް އުފެއްދުމުގައާ ސްޕެއިންގެ ގޯލަށް އަންނަ ބޯޅަތައް ހުއްޓުވުމުގައި ރޮޑްރީގެ ދައުރު ބޮޑެވެ.

އިންގްލޭންޑްގެ މެޗެސްޓާ ސިޓީއަށް ކުޅޭ ރޮޑްރީ އަކީ ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ބަލަންޑޯ ވެސް ހޯދި ކުޅުންތެރިއެކެވެ.