ދިވެހި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް ވަރިވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އިންސްޓަގުރާމުން ކުރި ޕޯސްޓެއްގައި ރިޝްމީ ވަނީ އޭނާ އާއި ރަވީގެ ކައިވެނީގެ ގުޅުމަށް ނިމުން އައިސްފައިވާ ކަމަށް ބުނެފައެވެ. ކައިވެނީގެ ގުޅުން ރޫޅުނު ނަމަވެސް ރަހުމަތްތެރިކަމުގެ ގުޅުން ދެމި އޮންނާނެ ކަމުގެ އުންމީދު ކުރާ ކަމަށް ރިޝްމީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެެހެން މީހުން، ރިޝްމީއާއި ރަވީގެ ޒާތީ ކަންކަމަށް އިހްތިރާމް ކުރުމަށް ރިޝްމީ ވަނީ އެދިފައެވެ.

https://www.instagram.com/p/CZxB0lbBShE/?utm_source=ig_web_copy_link

ރިޝްމީ ރަވީ އާ އެންމެ ފުރަތަމަ ރައްޓެހިވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދެމީހުން ކައިވެނި ކުރީ މާޗް 25، 2019 ގައެވެ.

މީގެ ކުރިން ރިޝްމީ ވަނީ ކައިވެންޏެއް ކޮށް ދަރިޔަކު ލިބިފައެވެ. ރިޝްމީ ކުރިން ކައިވެނި ކޮށްފަނީ ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) އާ އެވެ.

ރިސްމީގެ އިތުރުން ރަވީ ވެސް ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އަދި ފަހުން ކުރި ކައިވެންޏަށް ދެ ދަރިން ވަނީ ލިބިފައެވެ.

ރިޝްމީ އާއި ރަވީ ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ފިލްމް ވިޝްކާއިން އެކުގައި ފެނިގެން ގޮސްފައެވެ.