ރާއްޖެއަށް އެތެރެ ކުރުން މަނާ ދޫނިތަކެއް ނުހިފާއްޓާ، އެތަކެތި ކަސްޓަމްއިން ދޫކޮށްފައިވާ ކަން އެނގިވަޑައި ނުގަންނަވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ދޫނި ވިޔަފާރި ކުރާ ޕެޓްސް މާސްޓާ މޯލްޑިވްސް އިން މިދިޔަ އޮކްޓޯބަރު މަހުގެތެރޭ ރާއްޖެއަށް އެތެރެ ކުރި ދޫނިތަކެއް އިއްޔެގެ ވަގުތެއްގައި މަރާލާފައިވާ މައްސަަލައެއް ފެންމަތިވެ އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި އެކަމުގައި ބައިވެރިވި އިދާރާތަކަަށް ފާޑު ކިޔަމުންނެވެ. އެ ގޮތުން 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޕެޓް މާސްޓާ އިން ބުނެފައި ވަނީ، ފިޝަރީޒް މިނިސްޓްރީން އަންގައިގެން އިއްޔެ މަރާލި ދޫނީގެ ބާވަތްތަކަކީ މީގެ ކުރިން ވެސް ރާއްޖެއަށް އެތެރެ ކޮށްފައިވާ ދޫނިތަކެއް ކަމަށެވެ. އޭރު އެއްވެސް މައްސަލައެއް ނުޖެހި ދޫނިތައް ދޫކޮށްފައިވާ އިރު، އެ ދޫނިތައް ވިޔާފަރި އުސޫލުން ވިއްކާފައި ވެސް ވެއެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ކަސްޓަމްސް އިން އަބަދުވެސް ހިފަހައްޓާނެ ކަމަށެވެ. އަދި އެތެރެ ކުރުން މަނާ ތަކެތި ނުހިފާއްޓާ ދޫކޮށްފައިވާ ފަދަ ހާލަތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ދޫނިތައް ކަސްޓަމްއިން ހިފެއްހެއްޓިކަމުގައި ވިޔަސް އެ ދޫނިތައް ނައްތާލުމުގައި ކަސްތަމްގެ އެއްވެސް ދައުރެއް ނޯވެއެވެ. އެކަން ކުރަނީ ފިޝަރީޒް މިނިސްޓްރީން ކަމަށް ވާއިރު އެކަން ކުރާއިރު، ސަޕޯޓް ސްޓާފުންނާއި ތަޖުރިބާ ކާރުން ބޭނުން ކުރެއެވެ. އަދި ދޫނިތައް ނައްތާލާއިރު، އެތަނުގައި ކަސްޓަމްސް އޮފިސަރަކާއި ފުލުހެއްވެސް ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދޫނިތައް މަރާލި މައްސަލައާ ގުޅިގެން މިހާރު އާޓިފިޝަލް ބީޗުގައި އަންނަނި ޒުވާނުންތަކެއް ނުކުމެ ކަންބޮޑުވުން ފާޅުކޮށް ސުލްހަވެރި އިހްތިޖާޖެއް ކުރަމުންނެވެ. މި އިހުތިޖާޖުގައި އިސްވެ ޕެޓްސް މާސްޓާ އިން ބައިވެރިވާ އިރު އެމީހުންގެ ކަންބޮޑުވުމަކީ ދިރޭތަކެތި މަރާލުމެވެ.
ގަވާއިދާ ހިލާފު ކަމެއް ކަމަށް ވިޔަސް ދިރޭ އެއްޗެއް މަރާ ނުލައި އެތަކެއްޗަށް އެހެން ގޮތެއް ހެދިދާނެ ކަމަށް ލަފާ ދިން ނަމަވެސް އެ ގޮތަށް އަމަލު ނުކުރި ކަަމަށް ޕެޓް މާސްޓާ އިން ބުނެއެވެ. އެ ގޮތުން ކުޑަކުދިންގެ ބަގީޗާ ނުވަތަ ފިނިމައިޒާނެއް ފަދަ ތަނެއްގައި ބޭތިއްބުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ ފަރާތުން ބުނެއެވެ.
މި ކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ، ދޫނިތައް މަރާނުލާ އެހެން ގޮތަކަށް އެކަން ހައްލު ކުރަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެއްވެސް ހައްލެއް ނުފެނުމުން އެ ދޫނިތައް ނައްތާލީ ކަމަށެވެ. މި މައްސަލަ ހޫނުވެ އާންމުންގެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފިޝަރީޒް މިނިސްޓްރީން ދޫނިތައް މަރާލި ގޮތުގެ ތަފްސީލް ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު ހުށަހެޅުމަށް އަންގަވާފައެވެ.
ގަވާއިދާ ހިލާފަށް އެތެރެކުރެވޭ އެއްޗެހި ނައްތާލެވޭނެ.އެގޮތަށް ގާނޫނު އަދި ގަވާއިދުވެސް ތަންދޭ، އެގައުމަކަށް އެތެރެކުރެވޭ ގަވާއިދަށް ނުފެތޭ ތަކެތި ނައްތާލުމަކީ ހުރިހާ ގައުމަކުންވެސް ޕްރެކްޓިސް ކުރަމުން އަންނަގޮތް. ފިނިކުރި ރޯމަހާ ތަރުކާރީ އަދި ދިރޭތަކެއްޗަކީ ސިއްހީ ސަބަބުތަކަށްޓަކާ ބެލުންތަކެއް ބަލަންޖެހޭ އެއްޗެހިތަކެއް.އެގޮތުން ބަލާފަ އެތަނެއްގެ ގާނޫނު އަދި ގަވާއިދުގަ އޮންނަގޮތަށް ނައްތާލަން ޖެހޭނެ. ނައްތާ ނުލުމަކީ ކުށެއް އަދި މަނާކަމެއް. ތަންފީޒީ އިދާރާތަކުން މިގޮތައް އަމަލުކުރުން ލާޒިމް. މިކަމުގައި ފިޟަރީޒްގެ މައްސަލައެއްނެތް. މިވަގުތައް ގާނޫނު ތަންދެނީ މިހެން.
އެހެން ގައުމުތަކުގަ ރާ ވެސް ބޮއެ، ދެން އަހަރުމެންވެސް ބޯންވީ؟ ހުރިހާ ގައުމަކުން ކުރިޔަސް ގޯސް ކަމެއް ވާނީ ގޯސް ކަމަކަށް. އެތެރެ ކުރި މީހާއަށް އަދަބުދީ، ކުށެއްނެތް ދޫނިތަކަކަށް އަދަބެއް ނުދެވޭނެ. އެ ދޫނިތައް އަމިއްލަޔަކަށް އައިސް ކޮށިތަކަށް ވަދެ، ފްލައިޓް ޓިކެޓް ނަގައިގެން ރާއްޖެ އައީކީ ނޫން، ނުރުހުމުގަ ކޮށިތަކަށް ލައިގެން ގެނައީ، ގްރޭޑް 2 ގެ ދަރިވަރަކަށް ވެސް ހަމަ ނުބައި އިންގޭނެ މިވަރަށް، ސްކޫލަށް އަންބުރާ ދާން ފެންނަނީ، އުނގެނެން
ﷲ ހައްދަވާފައިވާ މަހްލޫގެއް ބޭނުމެއްނެތި މަރާލުމުގެ ހައްގެއް ނޯންނާނެ، އެކަމަށް ބާރުދިނުމަށް ޤާނޫނެއްވެސް ނުހެދޭނެ، އިންސާނާއަށް ދެއްވި ބުއްދީގެ ބޭނުންކޮށް އެކަލާންގެ ހެއްދެވި އެހެން މަހްލޫގުންނަށް އޯގާތެރިކޮށް ކަންތައްކުރަންޖެހޭނެ، ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަތުމަކީ މިޒަމާނުގައި ލިބެންހުރި އިލްމެއް ވީއިރު އެއިލްމު ހޯދައި ލިބިގަތުމުގެ ބަދަލުގައި ޖާހިލުންގެ މަގު އިހްތިޔާރުކުރުމަކީ ދެރަކަމެއް