ޓޫރިޒަމް ގެ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ބާއްވާ ތަފާތު އިވެންޓްތަކުގެ ތެރެއިން މުހިންމު އިވެންޓެއް ކަމަށްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ސިލްސިލާގެ ފުރަތަމަ ސެޝަން ފެބްރުއަރީ 17 ގައި ފަށާ ގޮތަށް ނިންމައިފިއެވެ.

މި ސިލްސިލާ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ފަތުރުވެރިކަމުގެ ޕައަނިއަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަޓީގެ ޗައާމަން މުހައްމަދު އުމަރު މަނިކު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، މަޓީގެ ވައިސް ޗެއާމަން ހުސެއިން އަފީފް، އަދި ފެބްރުއަރީ 16، 1972 ގައި ރާއްޖެއަށް ފުރަތަމަ ޓުއާ ގްރޫޕެއް ގެނައި އިޓަލީ ވިލާތުގެ ޖޯޖް ކޯބިންއެވެ. ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހު 00:16 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމް ގައި ބާއްވާ ޓޯކް ޝޯ ޕްރެސެންޓްކޮށް ދެއްވާނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމެވެ.

މިނިސްޓާ މައުސޫމް

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ޓޯކް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ގޮތާއި 50 އަހަރު ތެރޭގައި ފަތުރުވެރި ކަމަށް އައި ބަދަލުތަކުގެ މައްޗަށް ޕެނެލިންސްޓުން ވާހަކަ ދައްކަވާނެ ކަމަށެވެ. މި ޓޯކް ޝޯ ހާއްސަ ކޮށްފައި ވަނީ ސްކޫލް އަދި އުނިވާސިޓީ ކުދިންއަށް ވިޔަސް އާންމުންނަށް ވެސް މި ޝޯ ގައި ބައިވެރިވުމުގެ ފުރުސްތު ވަނީ ހުޅުވާލާފައި ކަމަށާއި މި ޓޯކް ޝޯ ވަގުތުން ދުރަށް ދެއްކޭނެ ކަމަށެވެ.

މި ޓޯކް ޝޯ ގައި ބައިވެރިވުމަށް އޮޑިޓޯރިއަމްއަށް ވަންނަން އެދޭ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ރަޖިސްޓްރީ ކުރާ ތަރުތީބަށް ބަލައިގެން އޮޑިޓޯރިއަމްގައި ޖާގަ އޮތް މިންވަރުން އޮޑިޓޯރިއަމްއަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ފުރުސަތު ލިބޭ ފަރާތްތަކަށް މިނިސްޓްރީ ފަރާތުން އަންގާނެއެވެ.

އަދި މި ޓޯކް ޝޯ ގައި ޕެނެލިސްޓުންނަށް ސުވާލު ކުރަން ބޭނުންވާ ނަމަ މި އީމެއިލަށް، ފެބްރުއަރީ 15 ގެ ކުރިން ސުވާލުތައް ހުށަހެލޫމަށް ޓޫރިޒަމް މިނިސްޓްރީން އެދެއެވެ.