ރަފްލްސް މޯލްޑިވްސް ކައިރީ ގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ގދ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ރަފްލް މޯލްޑިވްސް ކައިރިން ލޯންޗެއްގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވާ ކަމަށާއި ލޯންޗްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓާ ގުޅިގެން ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި މީހަކު ނެތެވެ.
އެމްއެންޑީއެފުން ބުނީ ލޯންޗްގައި ރޯވި އަލިފާން މިރޭ 9:30 ވަނިކޮށް ނިއްވާލާފައި ވާ ކަަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިރޭ ލޯންޗްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.