އއ. މަތިވެރިން ފަތުރުވެރިން ގޮވައިގެން އެކްސްކާޝަނަށް ދިޔަ ޑިންގީއެއްގެ އިންޖީނުގައި ރޯވެ ތިން މީހުން ފިހިއްޖެއެވެ.

މި ހާދިސާގައި ފިހިފައިވަނީ ޑިންގީގެ ކައްޕިއާ ދެ ފަތުރުވެރިންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ އިންޖީނު ސްޓާޓް ކުރި ވަގުތު ޕެނަލް ބޯޑު ސޯޓުވެ، އަލިފާން ކަންޏެއް ޕެޓްރޯލް ޓޭންކުގައި ޖެހުމުންނެވެ. ރޯވި ޑިންގީ މިހާރު ވަނީ އއ. އުކުޅަހަށް ގެންގޮސްފައެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް އއ. މަތިވެރި ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާއިރު 3 މީހުންގެވެސް ހަތަރެސްފައި ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށާ މިވަގުތު 3 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.