ރ. އަނގޮޅިތީމު ބަނދަރު މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމި، މަޝްރޫއު ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އަނގޮޅިތީމު ބަނދަރު މަޝްރޫއުގެ 80 ޕަސެންޓް ނިމިފައިވާއިރު، އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ފެބްރުއަރީ 7، 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އަނގޮޅިތީމު ބަނދަރު 42000 ކިއުބިކް މީޓަރަށް ފުން ކުރުމަށް ހަމަޖެހިފައި ވާއިރު، 615 މީޓަރަށް ނެރު ފުން ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 221 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުމާއި، 91.44 މީޓަރުގެ އެއްގަމު ތޮށިލުމާއި، 12 ބަނދަރު ބައްތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1110 ސްކެއާ މީޓަތރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބްލޮކްސް ހެދުމާއި، 166 މީޓަރުގައި ރިވެންޓްމަންޓް ޖެހުމުގެ އިތުރުން 2 ނެރު ބައްތި ޖެހުން ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.