ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި އެމްއެންޕީއިން ވަނީ ވާދަކޮށްފައެވެ. މިހާތަނަށް ގުނި ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މި އިންތިހާބު ކާމިޔާބުކޮށްފާ ވަނީ ރާޝިދުއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވައިފާ ވަނީ މިދިޔަ ޑިސެންބަރު މަހު ކެންސަރު ބަލީގައި އެ ދާއިރާ ތަމްސީލުކުރި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ވޯޓު ފޮށި 1:

  • ރާޝިދު (އެމްޑީޕީ) - 144 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 152 ވޯޓް
  • ހަންނާން (އެމްއެންޕީ) - 37 ވޯޓް

ކޮމަންޑޫ ވޯޓު ފޮށި 2:

  • ރާޝީދު (އެމްޑީޕީ) - 159 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 92 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 64 ވޯޓް

ފޯކައިދޫ ވޯޓު ފޮށި 1:

  • ރާޝީދު (އެމްޑީޕީ) - 195 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 202 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 13 ވޯޓް

ފޯކައިދޫ ވޯޓު ފޮށި 2:

  • ރާޝީދު (އެމްޑީޕީ) - 225 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 200 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 12 ވޯޓް

މަރޮށި ވޯޓު ފޮށި:

  • ރާޝީދު (އެމްޑީޕީ) - 161 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 95 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 41 ވޯޓް

މާލޭ ވޯޓު ފޮށި 1:

  • ރާޝީދު (އެމްޑީޕީ) - 280 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 242 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 88 ވޯޓް

މާލޭ ވޯޓު ފޮށި 2:

  • ރާޝީދު (އެމްޑީޕީ) - 237 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 179 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 68 ވޯޓް

6 ފޮށީގެ ޖުމްލަ ނަތީޖާ:

  • ރާޝީދު (އެމްޑީޕީ) - 1401 ވޯޓް
  • ފަތުހީ (ޕީޕީއެމް) - 1161 ވޯޓް
  • ހަންނާނު (އެމްއެންޕީ) - 323 ވޯޓް

މި އިންތިހާބަކީ ސަރުކާރާއި އިދިކޮޅުން މީގެ ކުރީގެ އިންތިހާބުތަކާ އަޅާ ބަލާ ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އިންތިހާބެކެވެ. އަދި ބަޖެޓުން ބޭރުން މަޝްރޫއުތަކެއް އެ ދާއިރާގައި ފަށައިފާވާއިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 316.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އެމްޑީޕީ، ޕީޕީއެމް، އަދި އެމްއެންޕީގެ ކެންޑިޑޭޓެއް ވާދަ ކުރައްވާ މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެ ދާއިރާގައި 3 ރަށް ހިމެނޭއިރު މަރޮށި ފިޔަވާ ކޮންމެ ރަށެއްގައި ވަނީ 2 ފޮށި ބަހައްޓާފައެވެ. އަދި މާލޭ އިސްކަންދަރު ސުކޫލުގައި ވެސް ވަނީ 2 ފޮށި ބަހައްޓާފައެވެ.