މާލޭގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް ޒަހަމް ކޮށްލި މައްސަލައިގައި ހައްޔަރު ކުރި އެމީހާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށްފަހުއެވެ.

ފުލުހުން ބުނިގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 2 މީހުންނަށް ވެސް ޒަހަމް ވެފައިވާއިރު އަންހެން މީހާއަށް ވަނީ ބޮޑު ޒަހަމްތަކެއް ލިބިފައެވެ. އަދި އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ފެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ 06:20 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންހެން މީހާ ދިިރިއުޅޭ ގެއިން ނެރެ ފުލުހުން އޭނާ ފަރުވާއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ވަރަށް ގިނައިން ލޭ ހުރި މަންޒަރު ފެނެއެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ބަަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.