ބަނގުރަލާ އެކު ހައްޔަރު ކުރި ސިފައިންގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު، ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައި ވަނީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެވެ. މި މައްސަަލއިގައި ސިފައިންގެ މީހަކު ހައްޔަރު ކުރި އިރު އަދި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ދެން ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ފުލުހުން ވަނީ އެމީހުން ދިރިއުޅެމުން ދިޔަ ދެ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގެންފައެވެ. އަދި އެ އޮޕަރޭޝަންގައި 11 ފޮށިގަނޑާއި ދަބަހެއް ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ފަހުން ފުލުހުން އަންނަނީ މަސްތުވާތަކެތި ވިޔަފާރި ކުރުމާއި ބޭނުން ކުރުން ހުއްޓުވުމަށް ހާއްސަ އޮރޭޝަންތައް ހިންގަމުންވެ. އެ ގޮތުން އިއްޔެވެސް ފުލުހުން ވަނީ މަިއ އެއާޕޯޓުން އަތިޅުތެރެއަށް މސްތުވާތަކެތި ވައިގެން މަގުން ގެންދަން އުޅުނު މީހަކުވެސް އަތުލައިގެންފައެވެ.