166.03 އަކަމީޓަރުގެ ކުރެހުމަކާއެކު އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަރަންސް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ސަރަންސްގެ މި ކުރެހުމާއެކު އޭނާއަށް "ލާޖެސްޓް ޕްރޮފެޝަނަލް އޮއިލް ޕެއިންޓިން ބައި ސިންގަލް އާޓިސްޓް" ގެ މަގާމު ލިބިފައިވާއިރު ކުރެހުން ދައްކާލާފައިވަނީ އަބޫދާބީގައި ހުންނަ އިންޑިއާ ސޯޝަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ބޭއްވި ހަފްލާއެއްގައެވެ.

މި ކުރެހުމާއެކު އޭނާ ރިކޯޑު ފޮތުން ޖާގަ ހޯދިއިރު އޭނާ ކުރަހާފައިވަނީ ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ)ގެ ބައެއް ވެރިންގެ ސޫރަ ހިމެނޭ ތަސްވީރެކެވެ.

އެގޮތުން މި ތަސްވީރުގައި އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން، ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ގެ އިތުރުން ދުބާއީގެ ރޫލަ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމާއި އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ސޫރަ އޭނާ ވަނީ ކުރަހާފައެވެ.

މި ތަސްވީރާ ގުޅިގެން އޭނާ ބުނެފައިވަނީ ލިބިގެން ގޮސްވައިވަނީ ވަރަށް ބޮޑޫ ކާމިޔާބީއެއް ކަމަށާ އެކަމާމެދު ފަހުރުވެރިވެ އުފާވާ ކަމަށެވެ. އަދި މި ކުރެހުމަކީ އިންޑިއާ އަދި ޔޫއޭއީގެ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމުގެ އަގުވަޒަން ކުރުމަށް ކުރަހާފައިވާ ކުރެހުމެއް ކަމަށެވެ.