މިއަދު މާލެއިން 1203 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިއަދުގެ ޖުމްލަ އަދަދު 2510 އަކަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7061 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 2510 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1203 މީހަކާއި، އަތޮޅުތެރެއިން 788 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 41 މީހެކެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 17،777 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 130،599 އަށް އަރާފައެވެ. އަދި މި ވަގުތު 49 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
މި މަހުގެ ތެރޭގައި މި ކޮވިޑް ޖެހިގެން ގިނަ ބަޔަކު މަރުވެފައިވާއިރު، ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 274 އަށް އަރާފައެވެ.
ރާއްޖެއިން އޮމިކްރޯން ފެނިފައިވާ އިރު މިހާތަނަށް 74 ކޭސް އެއް ފެނިފައިވާ ކަމަށް މިއަދު އެޗްއީއޯސީއން ވަނީ ބުނެފައެވެ. އޮމިކްރޯން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ.
މި ވަގުތު ކޮވިޑް ފެތުރެމުން އަންނާތީ 32 ރަށެއް ވަނީ މޮނިޓަރީންގެ ހާލަތަށް ލާފައެެވެ.
ކޮވިޑަކީ އެއްވެސް ބައްޔެއް ނޫން. ހަމަ އަރިދަފުސްރޯގާ. އިތުރު އެއްވެސް ކަމެއްނޫން މީ. ނޭފަތުގެ ފަސް އިނޗިއަށް ކަފަބުރު ބޭނުމުން އަރިދަފުސް ކޮޅެއް ޖެހުނީމަ ޕޮސިޓިވް އޭ ބުނުމަކީ ފުރަގަސްފަރާތައް ސަމްސަލެއް ބާނާ ގުޔައް ޕޮސިޓިވް އޭ ބުނުމާ އެއްފަދަކަމެއް. މީ ހަމަ ބޮޑު ޑުރާމާ އެއް. މުއްސަދިން މުއްސަދި ވަނީ. ކަފަބުރެއް ހަރަދުވާ ޓެސްޓެއް 1000 ރުފިޔާ އަށް ހައްދުވައިގެން. ވެކްސިންވެސް ހެދިއްޖެ އެކަމަކުވެސް އަދިވެސް މި ވައިރަސް އައިސޮލޭޓު ނުކުރެވޭ. ކިހިނެއް އައި އެއްޗެއްކަމެއް ކިހިނެއް ފެތުރޭ އެއްޗެއް ކަމެއްވެސް ނުހޯދޭ. މިޔައް ބޭހެއް ހޯދާކައް މީހަކު ނުވެސް އުޅޭ. ހުސް ވަގުން. ފަހުގެ ޖީލުތަކުން ބިނދި ބިނދިފަ ހޭނެ 2020 އަދި 2021 ވަނަ އަހަރު ދުނިޔޭގަ އުޅުނު ބަޔެއްގެ މޮޔަކަމާ ހުރެ. މޫނު މަތީގަ ފޮތި އޮޅައިގެން ގޭބަންދުވެގެން އެންމެ އަސާސީ ހައްގު ކަމުގައިވާ ނޭވާ ލުމުގެ ހައްގުވެސް ފުރިހަމައަށް ނުލިބި މި އުޅޭ ފިނޑި އުޅުން. އިންސާނުން މިދަރަޖައަށް ގަމާރުވުމަކީ ހިތާމަ ހުރިކަމެއް