ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް ވޯޓު ނުދޭން ގާސިމު ގޮވާލައްވައިފިއެވެ. ގާސިމު ވިދާލުވީ، ވެރިކަން ކުރާ ކޯލީޝަންގެ މެޖޯރިޓީ ޕާޓީއަކީވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީވެސް އެމްޑީޕީ ކަމަށް ވާއިރު އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވުމުން، ކިތަންމެ ކަމެއް ފަސޭހަވެގެން ދާނެ ކަމަށެވެ.

ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިހުލާސްތެރިކަމާއި އިހުސާންތެރިކަމުގެ ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ، ވެރިޔަކަށް ހުންނަވާ ބޭފުޅަކު ރަށެއްގެ ތަރައްގީއަށް ކަންކަން ކޮށްދެއްވަން ނިންމަވައިފިއްޔާ އެކަމެއް ހާސިލްވާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމަށްޓަކައި ހުރިހާ އެންމެންވެސް ވޯޓު ދޭންވީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ކުރައްވާ ކަމަށާއި އޭނާއަށް ވޯޓު ހޯދުމަށް އެމްޑީޕީން ކުރާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ރާޝިދަށް ތާއިދު ކުރައްވާ ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ އޭނާ ބޮޑު އިންވެސްޓްމަންޓެއް ކުރައްވައިގެން ތަރައްގީ ކުރައްވާފައިވާ ކީކީމިނީގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުކަމަށް ގެނެވޭނެ އެއްގޮތަކީ ރާޝިދަށް ތާއީދު ކުރެއްވުން ކަމަށް ވާތީއެވެ. ކޮންމެ ބަޔަކު ކަމެއް ކުރިއަށް ކުރާނީ ދެކޮޅަށް ފައިދާ ވާ ގޮތަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝާން ބާއްވަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އެމްޑީޕީގެ އިތުރުން އެ ދާއިރާގެ ގޮނޑިއަށް ވާދަ ކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެ ދެ ޕާޓީގެ ފަރާތުން ވާދަ ކުރަައްވާ ދެ ކެންޑިޑޭޓުންނަކީ ކޮމަންޑޫ ރައްޔިތުންނެެވެ.