ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫމާތު، ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުން ބެލޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫމާތު ހިމެނޭ ދަފްތަރު ފެނުމުގައި އާންމުންނަށް ދަތިތައް ކުރިމަތިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް ޖެންޑާ މިނިސްޓްރީން އެކުލަވާލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އެހެންކަމުން، ދަފްތަރު އެއްކޮށް ހަރުދަނާކޮށް ނިމެންދެން، އެ ދަފްތަރުގައި ހިމެނޭ ހުރިހާ މައުލޫމާތެއް މިނިސްޓްރީގެ ވެބްސައިޓުން ބަލާލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ އެތައް މައްސަލައެއް ކޮންމެ އަހަރަކު ރިޕޯޓު ކުރާ އިރު މަހަކު 100 އެއްހާ މައްސަލަ ކޮންމެ މަހަކުވެސް ރިޕޯޓު ކުރެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ހުންނަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ.