ރާއްޖެއިން ކޮވިޑް-19ގައި މިއަދު 2 މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 06:16 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ 63 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ.

ދެވަނަ މީހާ މަރުވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ 79 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 267 އަށް އަރާފައެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ. މި ބަލީގައި މިދިޔަ އަހަރު ވަނީ 120 މީހަކު މަރުވެފައެވެ. އަދި މިއަހަރު ކޮވިޑުގައި މަރުވި މިއީ 5 ވަނަ މީހާއެވެ.

މި ވޭތުވެ ދިޔަ 20 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ. މެއި މަހު ވަނީ ޖުމްލަ 88 މީހުން މި ބަލީގައި މަރުވެފައެވެ.