ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 25 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ކޮވިޑު ޖެހިގެން މަރުވެފައިވަނީ ގއ. މާމެންދޫ، ފުރުކުމާގެ، އައިޝަތު އިފާޒާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ކިޑްނީ ބަލި މީހެކެވެ. ނަމަވެސް އެޗްޕީއޭއިން އަދި އޭނާ މަރުވިކަން ކަށަވަރުކޮށް ނުދެއެވެ.

އިފާޒާ ވަޅުލާފައި ވަނީ ރޭ ފަތިހު 5:30 ގައި ހުޅުމާލެ ސަހަރާގައެވެ.

އެއާއެކު، ރާއްޖޭން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 266 އަށް އިތުރުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭން 1،200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައި ވާއިރު، އިއްޔެވެސް 1،594 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓު ކޮށްފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ، އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހާލަތު ރެޑް އެލާޓަށް ބަދަލުކޮށްފައެވެ.