އިރުވައި މޫސުމުގެ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި ވަކިން ހާއްސަކޮށް، މެދު ރާއްޖެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ގަދަ ދުވަސްވަރެއް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ އޮއިވަރު ގަދަ ދުވަސްވަރެއް ކަމުން މޫދާއި ކަނޑުމަތީގެ އެކި އެކި ހަރަކާތްތައް ހިން ގާއިރު ހާއްސަ ސަމާލުކަމެއް ދިނުން އެދޭ ކަމަށެވެ.
މާދަމާ ހެނދުނުގެ 6:00 ޖެހުމާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެެރީގެ އަސަރު ފޯރާނެއެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށް ވެސް އެ އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން މިރޭ 10 އިން ފެށިގެން މެންދަމު 3 ޖެހުމާ ހަމައަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅު އޮޔީ ވައިޓް އެލާޓްގައެވެ.