އިންޑިއާގެ ސާޖެންއެއް ކަމަށްވާ ޑރ. ވިރްބާ ކުމާރީ ސިންގް ކޮވިޑް-19އިން ދިފާއުވުމަށް ފަސް ޑޯޒު ވެކްސިން ޖަހާފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ ރިކޯޑުތަކުން ދައްކައިފިއެވެ.
ރިކޯޑުތައް ދައްކާގޮތުން އޭނާ އެންމެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ ފާއިތުވި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ދެވަނަ ޑޯޒު ޖަހާފައިވަނީ ހަމަ އެއަހަރުގެ މާޗު މަހުގައެވެ.
އޭނާ ތިންވަނަ ޑޯޒު ޖެހިކަމަށް ރިކޯޑު ކުރެވިފައިވަނީ ފެބްރުއަރީ މަހުގެތެރޭގައެވެ. އަދި ހަތަރުވަނަ ޑޯޒް ޖޫން މަހު، ފަސް ވަނަ ޑޯޒް މި ހިނގާ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޖަހާފައިވާ ކަމަށް ދައްކައެވެ.
ނަމަވެސް މިކަމަށް އިންކާރުކޮށް އޭނާ ބުނީ އެއީ އެހެން މީހަކު އޭނާގެ ކާޑުގެ މައުލޫމާތު ބޭނުންކުރާތީ ވާގޮތެއް ކަމަށެވެ.
މި ތުހުމަތުކޮށް އޭނާ ބުނެފައިވަނީ ގަވައިދުގައިވާ ގޮތުގެ މަތިން އޭނާ ދެ ޑޯޒު ފުރިހަމަ ކުރުމަށްފަހު ބޫސްޓާ ޑޯޒު ޖެހި ކަމަށެވެ. އެއަށް ވުރެ އިތުރަށް ވެކްސިން ނުޖަހާ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް މިހާރު ހުށަހަޅާފައިވާއިރު އިންޑިއާގައި މިފަދަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ. މި މައްސަލަ ތަހުގީގޮކށް ޑޯކްޓަރުގެ ބައިވެރިވުމެއް ވާނަމަ އޭނާއާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިންޑިއާއިން ބުނެއެވެ.
އަދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ބުނެއެވެ.