ރޯދަ މަހަށް ހާއްސަކޮށްގެން "ދަ ޕްރެސް" އިން ކުރިއަށް ގެންދާ "ކުރުވާހަކަ" މުބާރާތް މިއަހަރުވެސް ހުޅުވާލައިފިއެވެ.

މިދިޔަ 2 އަހަރެކޭ އެއް ގޮތަށް މިއަހަރުވެސް ރޯދަ މަހަށް ހާއްސަ ކޮށްފައި ވަނީ ކުރުވާހަކައެވެ. 3000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނޭ މި މުބަރާތުގައި ބައިވެރިވާކަށް ވަކި އުމުރުފުރައެއް ނެތެވެ. އަދި ބޭނުން ކޮންމެ މައުޟޫއަކަށް ވާހަކަ ލިޔެވޭނެއެވެ.

ފައިސާގެ އިނާމު ބެހިފައިވާ ގޮތް:

  • 1 ވަނަ އަށް 1500 ރުފިޔާ
  • 2 ވަނަ އަށް 1000 ރުފިޔާ
  • 3 ވަނަ އަށް 500 ރުފިޔާ

ވާހަކަ ލިޔާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް:

  • ވާހަކައިގެ ދިގުމިން: އޭ4 ސައިޒުގެ 2 ސޮފްހާ.
  • ވާހަކަ ލިޔަން ޖެހޭ ފޮންޓް އަދި ސައިޒް: ފަރުމާ ފޮންޓުގެ ސައިޒު 12.
  • ހުށަހަޅަން ޖެހޭ ފޯމެޓް: މައިކްރޮސޮފްޓް ވޯޑް ފައިލް

ހުށަހަޅާ ވާހަކަތައް ލިޔެ ނިންމުމަށް ފަހު ލަސްވެގެން މާޗް 31، 2022 ގެ ކުރިން "ދަ ޕްރެސް" އަށް ފޮނުވަން ވާނެއެވެ. ވާހަކަތަކުގެ ސޮފްޓް (މައިކްރޯސޮފްޓް ވޯޑު ފައިލް) ފޮނުވާނީ، "ދަ ޕްރެސް" ގެ އީމެއިލް އަށެވެ. ވާހަކަ ފޮނުވާއިރު، ވާހަކަގައިގެ ނަމާއި، ލިޔުނު މީހާގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު އޮންނަން ވާނެއެވެ. އަދި ލިޔުންތެރިޔާގެ އައިޑީ ކާޑު ކޮޕީއެއް ފޮނުވަން ވާނެއެވެ. މީގެ އިތުރުން ވާހަކައިގެ ކަވަރު ފޮޓޯއެއް އޮތް ނަމަ އެ ފޮޓޯއެއް ނުވަތަ ކަވަރު އޮންނަން ހުށަހަޅާ ގޮތް އީމެއިލްގައި ބަޔާން ކުރަން ވާނެއެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުވާލި މި މުބަރާތަށް ހުށަހަޅާ ކުރު ވާހަކަތަކުގެ ތެރެއިން އެންމެ ރީތި 30 ވާހަކަ "ދަ ޕްރެސް" ގެ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ. އަދި އެ 30 ވާހަކައިގެ ތެރެއިން އެންމެ މޮޅު ތިން ވާހަކަ ހޮވާ އިނާމު ދޭނެއެވެ.

މިދިޔަ 2 އަހަރު ބޭއްވި މުބާރާތުގައިވެސް ގިނަ ބަޔަކު ބައިވެރިވެ ރީތި ގިނަ ވާހަކަތަކެއް ހުށަހެޅިއެވެ. އެ މުބާރާތްތަކުގެ އެންމެ ރީތި 3 ވާހަކަ ހޮވާ ވަނީ އިނާމުވެސް ދީފައެވެ.

މި އަހަރު ހުޅުވާލި މި މުބާރާތަށްވެސް އިބުރަތްތެރި، ކިޔާ ހިތްވާ، ރަނގަޅު ފެންވަރުގެ ރީތި ވާހަކަތަކެއް ހުށަހަޅާނެ ކަމަށް އުންމީދު ކުރަމެވެ.