ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ގޭގައި ތިބެގެން ފަސޭހަކަމާ އެކު ދިރާގުގެ ހިދުމަތްތައް ހޯދުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން ދިރާގު ވަނީ އެ ކުންފުނީގެ "މައިއެކައުންޓް" ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ދިރާގުން ބުނީ އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތައް އެޕްލައިކޮށް އަދި ދިރާގުގެ އެކި ހިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލްދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓާސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލުން ފަދަ ގިނަ ކަންތައްތައް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން މުޅިން އަލައް ދިރާގުގެ ހިދުމަތަކަށް އެދި ކަސްޓަމަރުން އަށް އީމެއިލް ކުރުމުން ފަސޭހަކަމާއެކު ހިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުގެ "މައިއެކައުންޓް" ހިދުމަތައް މިހާތަނަށް ރަޖިސްޓާ ކޮށްފައިނުވާ ކަސްޓަމަރުން މި ލިންކް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެއެވެ. އަދި އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަ، ވައިބަ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން ވަނީ އެދިފައެވެ.
ދިރާގުން ބުނީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރު ވަމުންދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށް ކަމަށާއި މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުން އެ ކުންފުނީގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށެވެ.
ގޭގައި މަޑުކޮށް، މަމެން އެޕުއަޅާ، ވީހާވެސް އަވަހަކަށް ދިރާގުގެ ބިލުތައް ދައްކާލާ!