ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް މިއަދު 6 ޖަހަންދެން ހުންނާނީ ހުޅުވާފައި ކަމަށް ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ވަނީ ބީއެމްއެލް އިސްލާމިކް ޕްރޮޑަކްތައް އަދި ސާވިސްއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ބްރާންޗަށް ދިއުމަށް އެދިފައެވެ.

މީގެ އިތުރުން މިހާރު ކުރިއަށްދާ ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނާ ގުޅިގެން ބީއެމްއެލްގެ ޓީމާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ވެސް ފުރުސަތު ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ޕާސަންލް ފައިނޭންސިންގެ ދަށުން ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ބީއެމްއެލެގް ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ލަކީ ޑްރޯއެއް ބާއްވާ ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތެއް ހޮވައި އެފަރާތަކަށް 5000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ނިމުމުން ގްރޭންޑް އިނާމު ދިނުމަށް ނަސީބުވެރި ފަރާތެއް ހޮވާނެ ކަމަށާއި އެފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 50،000 ރުފިޔާގެ ގިފްޓް ކާޑެއް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.