މަރާމާތުގެ މަސައްކަތްތައް ނިންމާލުމަށް ފަހު، ޖުމްހޫރީ މައިދާނުގެ ފެންވާރު އަލުން ހުޅުވާލުމަށް ސިޓީ ކައުންސިލުން ތައްޔާރު ވެއްޖެއެވެ.

ކައުންސިލުން ބުނީ، ފެންވާރުގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފަހު މިރޭ ޓެސްޓު ކޮށްފައިވާ ކަމަށާއި، އިތުރަށް ކުރަން ހުރި މަސައްކަތްތައް ކުރަން ނިންމައި، މި މަހު 20 ގައި އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި ތަރައްގީކުރި ފެންވަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތައް ގެނެސް ތައްޔާރުކުރި ވަޑާމެކެވެ. މި ފެންވަރުވާ ވަޑާން ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީން، ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

އެހެންނަމަވެސް މި ސަރުކާރު އައި ފަހުން އެ ފެންވަރުވާ ވަޑާން އެއްވެސް ވަރަކަށް ބަލަހައްޓާފައި ނުވާ ކަމަށް، މާލޭގެ މޭޔަރު އަދި އެ ދުވަސްވަރު ހައުސިން މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ފެންވަރުވާ ވަޑާމުގެ އިތުރުން، ޖުމްހޫރީ މައިދާނުގެ އާބާތުރަ ނުފިލުވާ ދޫކޮށްލާފައި ވަނިކޮށް، ކައުންސިލުން ވަނީ އެ ފެންވަރުވާ ވަޑާމާއި ޖުމްހޫރީ މައިދާނުގެ މަސައްކަތްތައް ކޮށްފައެވެ.

އެ ފެންވަރުވާ ވަޑާމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންގެ މެދުގައި އެ ފެންވަރުވާ ވަޑާން ވަރަށް ބޮޑަށް މަގްބޫލުކަން ފާހަގަ ކުރެވެއެވެ.