ވ. ފުލިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް މިމަހުގެ މެދުތެރޭ ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ފުލިދޫ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖުމްލަ 1807 މީޓަރުގެ ކޭބަލް އެ ރަށުގައި ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ބާރަށް ކުރިއަށް ދާއިރު ސްޓެލްކޯ އިން ބުނީ، މި މަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމުމުން، ފުލިދޫ ރައްޔިތުންނަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ފުލިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރިއަށް ދާއިރު ސްޓެލްކޯއިން ދަނީ އެހެނިހެން ރަށްރަށުގައިވެސް ހުންނަ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެކުންފުނިން ވަނީ، ފެނާއި ނަރުދަމާ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ހަވާލުވެސް ވެފައެވެ.