ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގައި އަމާންކަމާއި ރައްކާތެރިކަން ޔަގީންކަން ކުރުމުގެ ގޮތުން ސިފައިންނާއި ފުލުހުން އޮޕަރޭޝަނެއް ފަށަައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން ސިފައިންގެ އެހީތެރިކަމާއެކު އިއްޔެ އޮޕަރޭޝަނެއްް ފަށާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ"ގުޅިގެން" އެވެ.

އެމްއެންޑީއެފުން ވަނީ ސަލާމަތީ ހިދުމަތްތަކުން ކުރިއަށް ގެންދާ މިފަދަ އޮޕަރޭޝަންތަކަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

މި އޮޕަރޭޝަނީ ޓެރަރިޒަމް ހަމަލާއެއް ދީފާނެތީ ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ.

އެމްއެންޑީއެފުން އެ އޮޕަރޭޝަންގެ ވާހަކަތައް އާއްމުކުރިތާ މާގިނައިރެއް ނުވެ މާލޭގެ ބައެއް ސަރަހައްދުތަކުގަައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ ތަން އަންނަނީ ފެންނަމުންނެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް ތަނެއް ފާސްކޮށް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.