އެމްޑީޕީއާ ވާދަވެރި ކެންޑިޑޭޓުންގެ ފިކުރަކީ ހުރިހާ ހިދުމަތެއް އެއްތަނަކަށް ޖަމާކުރުމުގެ ފިކުރެއް ކަމަށާއި، އެއީ ގައުމު ތަރައްގީ ކުރުމަށް އޮތް ހުރަހެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެންޕީ އާ ވާދަވެރި އިދިކޮޅު ކޯލިޝަނަށް ރައްދު ދެއްވައިފިއެވެ.
ވެރިކަން ކުރާ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހިދުމަތްތައް ކައިރި ރަށްރަށަށް ފަސޭހަކަމާއެކު ދިނުމަށްޓަކައި ލާމަރުކަޒީ ނިޒާމު ބޭނުންވާ ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ނިޒާމާ ދެކޮޅު ކެންޑިޑޭޓުން އިންތިހާބު ކޮށްފިނަމަ، ސަރުކާރުން ހިދުމަތްތައް ދިނުމަށް ހުރަސް އެޅިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ރައްޔިތުން ވޯޓު ދޭން ވާނީ މަސްތުވާތަކެއްޗާއި، ވަގު ވިޔަފާރި އާއި، މަނީ ލޯންޑާ ކުރުމާއި، ބަޣާވާތް ކުރުމާ ދެކޮޅަށް ކަމަށާއި، އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކާ އެއްކޮޅަށް ވޯޓު ދީގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މަސްތުވާތަކެއްޗަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށާއި، ވޭތުވެދިޔަ އަހަރުގައި ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.
"ކުރީ ސަރުކާރުން ވަނީ ކޮމަންޑުއަށް އިހުމާލުވެފައި" - ރާޝިދު
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ރާޝިދު ވިދާޅުވީ، ކުރީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށާއި، އެގޮތުން ނިމިދިޔަ ސަރުކާރުގައި އެ ދާއިރާއަށް ޒިޔާރަތެއް ކޮށްފައި ނުވާއިރު، އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވޯޓު ހޯދަން އަންނަން އިދިކޮޅު ކޯލިޝަނުން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ހަމަ އެއާއެކު މި ސަރުކާރުގައި ކޮމަންޑޫ ދާއިރާއަށް އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށާއި، އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ރާޝިދު ވަނީ ދެއްވާފައެވެ.
އެމްޑީޕީގެ އިތުރުން، އެމްއެންޕީންވެސް ވަނީ، އެ ޕާޓީން ކޮމަންޑުއަށް ވާދަކުރާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކޮމަންޑޫގައި ޖަލްސާއެއް ބާއްވާފައެވެ. އޭގެ އިތުރުން، އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް، ކުރީގެ ހޯމް މިނިސްޓަރު މޫސާ ފަތުހީގެ ކެމްޕޭން ފެށްޓުމުގެ ގޮތުން، އިދިކޮޅުން ވަނީ ކޮމަންޑުއަށް ގޮސްފައެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާއިރު. އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
އަލަށް ފަށާ ވިޔަފާރިތަކަށް 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިފަންޑް އަކީ އެއީ ވެސް ވޯލްޑް ބޭންކްގެ އެހީގައި ދިން ފަންޑެކޭ އެކަމަކު އިހަށް ދުވަހު ތިމާވެށި މިނިސްޓަރު އެ މިނިސްޓްރީގެ ބަޖެޓުންނަގާ 200 މިލިއަން ރުފިޔާ ކައްޕަޅި ފެނަކައަށް ހަވާލު ކުރީ އެއީ ހޯމް ސޯލަރ މަޝްރޫއަކަށް ނަމުގައި އެކަމަކު އެއީ ކެނެރީގެ ނަޝީދު ބޭބެ ނާޝިދުގެ ކުންފުންނަށް ބިޑް ކުރުމެއް ނެތި ފެނަކައިން 200 މިލިއަން ރުފިޔާ ދޭންވެގެން ތިމާވެށި މިނިސްޓަރު ޝައުނާ ކުރި ވައްކަމެކޭ އައްޑޫ ވަގުންނޭ މިނިސްޓަރުންނަށް ތިބީ ވަގުންނޭ ވަގުންނޭ ވަގުންނޭ..