އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދިޔަ މީހަކު ކޮވިޑް-19ގައި މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ އައިޖީއެމްއެޗް އީއާރަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 03:12 ގައި ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 264 އަށް އަރާފައެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މިދިޔަ އަހަރު ވަނީ 120 މީހަކު މަރުވެފައެވެ. އަދި މިއަހަރު ކޮވިޑުގައި މަރުވި މިއީ ދެވަނަ މީހާއެވެ.

މި ވޭތުވެ ދިޔަ 20 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ. މެއި މަހު ވަނީ ޖުމްލަ 88 މީހުން މި ބަލީގައި މަރުވެފައެވެ.