މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ ނައުފަލްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ.

މި މައްސަލައިގައި މަކަރާތް ހީލާތް ހެދުމުގެ ދައުވާ އުފުލާފައި ވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށް ވާ، ހއ. ހޯރަފުށި، އަޝްރަފީގެ، ނައުފަލް އަހްމަދަށެވެ. މި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ.

މި ޝާރީއަތް މިއަދަށް ތާވަލުކޮށްފައި އޮތް އިރު އިއްޔެ ފުލުހުން ވަނީ ނައުފަލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތަހުގީގަށް ހާޒިރު ކުރުމަށް އަންގައި އޭނާ ހޯދަން އިއުލާން ކޮށްފައެވެ.

އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އެނާ ހޯދަން ފުލުހުން އިއުލާން ކޮށްފައި ވަނީ އެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާއަށް ވެސް އެ ދެމީހުން އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މަކަރާއި ހީލަތުން ހޯދާފައި ވަނީ ކިހާ ފައިސާ އެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ތަހުގީގު ކޮށްފައި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ.