ކ.ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 21 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އޭނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ދިޔަ ނަމަވެސް އަދި ނުފެންނަކަން ވަނީ އެނގިފައެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 08:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.