ފޭސްބުކްގެ އާ އަޕްޑޭޓާއެކު އެޕްލިކޭޝަން ނިއްވާލި ނަމަވެސް ފޯނުން ކުރާ ހުރިހާ ކަމެއް އެ އެޕުން ޓްރެކް ކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި އަޕްޑޭޓާއެކު ބޭންކު ބެލެންސް ބެލުމާ މީހުންނަށް ފޯނު ކުރުން ފަދަ ކަންކަން ވެސް ފޭސްބުން އިން ޓްރެކް ކުރަމުންދާނެއެވެ. ނަމަވެސް މި ފީޗާއަކީ ސެޓިންގްސްއިން އޮފް ކޮށްލެވޭ ފީޗާއެކެވެ.

މިކަމުގެ މައުލޫމާތު ގިނަ ބަޔަކަށް އެނގިފައި ނުވާއިރު މީގެ ސަބަބުން ބައެއް ނުރައްކާތަކާ ކުރިމަތިވެގެން ހިނގައިދާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ފޭސްބުކްގެ ބައެއް މިފަދަ ފީޗާތަކުގެ ނަހަމަ ބޭނުން ބައެއް ފަރާތްތަކުން ކުރާ ކަން މީގެ ކުރިން ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

އެގޮތުން މިފަދަ މައްސަލަތައް އިތުރުވެގެން ދިއުމާއެކު ދާދި ފަހުން އެ އެޕްލިކޭޝަންގެ ފީޗާއެއް ކަމަށްވާ ފޭޝަލް ރިކޮގްނިޝަން ފީޗާ ވެސް އުވާލުމަށް ވަނީ ނިންމާފައެވެ. މި ފީޗާއަށް ބަލާއިރު މިއީ މީގެ ކުރިންވެސް ދިމާވެފައިވާ މައްސަލައެކެވެ.

އަދި މިއީ 2019 ވަނަ އަހަރު އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން އެ އެޕްލިކޭޝަންގެ ތަފާތުއެކިއެކި މައްސަލަތަކާ ގުޅިގެން 5 ބިލިއަން ޑޮލަރުން ކުންފުނި ޖޫރިމަނާ ކުރިއިރުވެސް ފާހަގަ ކޮށްފައިވާ ބޮޑު މައްސަލައެކެވެ.