ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަނުންގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި މޫސާ ފަތުހީ ހަމަޖައްސައިފިއެވެ.

ފަތުހީ އަށް ޕީޕީއެމްގެ ޓިކެޓު ލިބުނީ އެ ދާއިރާ އަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި އޭނާ އެކަނި ކުރިމަތިލުމުންނެވެ.

ފަތުހީ ވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު ފުރުއްވާފައެވެ.

ޕީޕީއެމްގެ އިތުރުން ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައިވަނީ އެމްޑީޕީ އަދިި އެމްއެންޕީއެވެ.

މިގޮތުން އެމްއެންޕީގެ ފަރާތުން ފަރާތުން ކުރިމަތިލާފައި ވަނީ ކޮމަންޑުއަށް އުފަން އަބްދުލް ހަންނާން އިދްރީސެވެ. އަދި އެމްޑީޕީގެ ފަރާތުން ކަރުމަތިލަނީ ށ. ފޯކައިދޫ، މުހައްމަދު ރާޝިދެވެ

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން ވަނީ ބައި-އިލެކްޝަން އަންނަ ފެބްރުއަރީގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.