ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ އެހީއާއެކު ބަނގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ފެން ވަޅެއް ބިނާކޮށްފިއެވެ.

އެޗްޑީސީއިން ބުނީ ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ފެން ވަޅެއް ބިނާކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ހަދިޔާއެއް ގެ ގޮތުގައި އެހީތެރިވެދީފައި ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނިން ޓީމް ވަރަށް ރަނގަޅު މަގުސަދުގައި ފެށިކަންތައް މިހާރު ބަންގްލަދޭޝްގައި ހަގީގަތަކަށް ވެއްޖެ"
އެޗްޑީސީ

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން ހަދިޔާކުރި ފައިސާއިން ވެސް ވަނީ ފެން ވަޅެއް ބިނާކޮށްފައިވާ ކަމަށާއި އެތަށް ބަޔަކަށް ސާފު ބޯފެނަށް ބޭނުންވެފައިވާ ތިބި ކަމަށެވެ. މީގެ އިތުރުން ހޭލުންތެރިކަން އިތުރު ކޮށްދެވެން އޮތް ވަރަކުން ބަނގްލަދޭޝްގައި ތިބި ރޮހިންޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިމުނަށް އެޗްޑީސީއިން ވަނީ އެދިފައެވެ.

150 އަށް ވުރެ ގިނަ ޖަމިއްޔާ، ޖަމާއަތުގެ އެއްބާރުލުމާއެކު 'އެހީ' އިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު (އައިއޭސީ) އިން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެޗްޑީސީއިން އައިއޭސީއަށް ފެން ވަޅު ބިނާކުރުމަށް ހަވާލުކުރީ މިދިޔަ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހެވެ. އެޗްޑީސީގެ ފަރާތުން އައުއޭސީއާ ފެންވަޅު ހެދުމަށް ހަވާލުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލްއެވެ.