އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް މަރުކަޒު ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީ ޓަވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

މި މަޝްރޫއުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1،200 ކިއުބިކް މީޓަރުގެ ބިން ފިލް ކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލް ކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރީޓް ގާ ޖެއްސުމާއި، 4.2 މީޓަރު ދިގުމިނާއި 6.4 މީޓަރު ފުޅާމިނުގެ ރޭމްޕެއް ހެދުމާއި، ވާ އައްސާ މޫރިން ބޮލާޑް ހަރުކުރުން ފަދަ މަސައްކަތްތައް ކުރުމުގެ އިތުރުން، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ހަތް މަސް ދުވަހުގެތެރޭ ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 4.59 މިލިއަން ރުފިޔާއަށެވެ.