ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިންޓަނެންސްގެ މަސައްކަތްތައް 20 މިލިއަން ރުފިޔާ އަށް ތިން އަހަރުގެ މުއްދަތަށް ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރި 2 ކުންފުންޏަކީ ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނާއި ތުރުކީގެ ޓާމެކްސް ކުންފުންޏަށެވެ. ޓާމެކްސް އަކީ މާލޭގައި އިމާރާތްކުރި ކިންްގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރި ކުންފުނީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ މެޑިކަލް ސާމާނުތައް ވެސް ސަފްލައި ކޮށްދިން ކުންފުންޏެވެ.

ޝަންހުއާ ކޮންސްޓްރަކްޝަނާ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ސިސްޓަމްތައް ހިމެނޭ ގޮތަށް އެ ތަނުގެ މެއިންޓަނެންސްގެ މަސައްކަތް ހަވާލުކުރީ 15.7 މިލިއަަން ރުފިޔާއަށެވެ. އަދި މެޑިކަލް ސާމާނުތަކުގެ މެއިންޓަނެންސް މަސަައްކަތް ހަވާލުކުރީ 4.6 މިލިއަން ރުފިޔާއަށް ޓާމެކްސްއާއެވެ.

އެ އެއްބަސްވުމުގެ ދަށުން މެއިންޓަނެންސް މަސައްކަތް ކުރަން އެ ހޮސްޕިޓަލުގެ މުވައްޒަފުން ތަމްރީނު ކުރަން ވެސް ވަނީ ރައީސް އޮފީހުން އެދިފައެވެ.