ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައަޅަން އެތެރޭގެ ޕްރައިމަރީއެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ މި މަހުގެެ 27 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

މިގޮތުން ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ 04:00 ކުރިން އީމެއިލް ކުރުމަށް އެދޭ ކަމަށް އެމްޑީޕީން ބުނެފައެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ށ. ކޮމަންޑުއާއި، އެ އަތޮޅު ފޯކައިދޫއާއި މަރޮށިއެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރެއްވި މެނަބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.