އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބެނެފިއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ އެންމެ ފަހުގެ ތަފްސީލް ހާމަކުރަމުން އެމްޓީސީސީއިން ބުނީ އެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ޑިސެންބަރު 11 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 266 މީޓަރު އެއްގަމު ތޮށި ހެދުމާއި 160 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން 1330 ސްކެއާ މީޓަރު ޕޭމަންޓް ހެދުމާއި 6363.1 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 404 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 12 މޫރިން ބްލޮކްސް ޖެހުމާއި 2 ނެރުބައްތި ޖެހުން އަދި 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ. މި މަޝްރޫއުއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއަކީ 32.2 މިލއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.