އެމްޓީސީސީ އިން އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ފޭދޫ އާއި ދެމެދު ސައިކަލު އުފުލޭ ފެރީގެ ހިދުމަތް ފަށައިފިއެވެ.
އެމްޓީސީސީ އިން މިއަދު ތައާރަފް ކުރި އެ ހިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލް އުފުލޭނެއެވެ. އަދި އޭގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެއެވެ. އެ ފެރީގައި ސައިކަލަކަށް 20 ރުފިޔާ ނަގާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީ އިން ބުނީ ދިޔަވަރަށް އަންނަ ބަދަލުތަކާއެކު ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ވެސް ފޭދޫ އަދި ހުޅުމީދޫގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ. އަދި ފެރީގެ ހިދުމަތް ދޭނީ ކޮންމެ ހަފްތާއަކު ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ކަމަށްވާއިރު ފެރީގެ ޝެޑިއުލް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
އެމްޓީސީސީން އިތުރަށް ބުނީ އެކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށެވެ.
ޢޮޅުން ބޮޅުން ބޮޑު ޚަބަރެއް ސައިކަލް ފެރީ އަކީ ސައިކަލް ގައި މީހުން އުފުލާ ސައިކަލަށް ކިޔާ ނަމެއް މިކިޔުނީ ސައިކަލް އުފުލާ ފެރީ އެއްގެ ޚަބަރެއް