ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށް އެ ކުންފުނިން "މަމެން ޑޭޓާ އެޑް އޮންސް" ގެ މުޅިން އާ ޑޭޓާ ޕްލޭންތަކެއް ތައާރަފް ކޮށްފިއެވެ.

ދިރާގުން ބުނީ، ފަހުން ތައާރަފް ކުރީ މުޅިން އާ މަމެން ޑޭޓާ އެޑް އޮންސް ޕްލޭންތަކެއް ކަމަށާއި އޭގެތެރެއިން 2 ޕްލޭނެއް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް ބައެއް މަޝްހުރޫ ޗެޓް އެޕްލިކޭޝަންތައް ފްރީ ޑޭޓާގައި ބޭނުން ކުރެވޭނެ ކަމަށެވެ. އެއީ މަމެން ޑޭޓާ އެޑް އޮންސް ގެ 2 ޖީބީ ޕްލޭނާއި 20 ޖީބީ ޕްލޭން ކަމަށް ދިރާގުން ބުނެއެވެ.

އެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ވަޓްސްއެޕް، ވައިބާ، ޓެލެގްރާމް، މެސެންޖާ، އަދި ވީޗެޓް މުޅިން ހިލޭ ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވާ ޕްލޭނެކެވެ.