ހއ ގެ ކުރީގެ މެންބަރު ކެލާ އަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިބެ އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކަކު އުޅުއްވުމަށްފަހު ގައެވެ. އަލިބެ ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހއ. އަތޮޅު މެންބަރުކަން ކުރައްވާފައެވެ.

އަލިބެ ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްތަކެއް ކޮށްދެއްވާފައިވާއިރު ސިޔާސީ އަދި އަދަބީ ގިނަ ހިދުމަތްތަކެއްވެސް އަލިބެ ވަނީ ކޮށްދެއްވާފައެވެ. ދިވެހި އަދަބަށް ކޮށްދެއްވި މަސައްކަތްތަކުގެ ތެރޭގައި ފަތްތޫރައިގައި އަލިބެ ލިޔުއްވާފައިވާ ސޮފްހާތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަލިބެއަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްގެ އިތުރުން އެކި މައުލޫތަކަށް އެކި މުނާސަބަތުތަކުގައި ރީތި ޅެންތަކެއް ވެސް ހައްދައިދެއްވާފައިވާ ބޭފުޅެކެވެ.

އަލިބެގެ ހުނަރުގެ ތެރޭގައި ލިޔެލާޖެހުމާއި ކުރެހުމާއި އަތްތެރި މަސައްކަތުގެ ހިމެނެއެވެ. އަދި އަލިބެ ވަނީ މުދައްރިސް ކަމާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތް ކުރައްވާފައެވެ.