ތާޖުއްދީން ސްކޫލު ފަޅާލައި އެތަނުގައި ޓީޗަރުން ގެންގުޅޭ ޓެބްލެޓު ތަކަކާއި އަތް ދަބަސް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ތާޖުއްދީން ސްކޫލުގެ ސްޓާފް ރޫމަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ތަނުން ވަގަށް ނަގާފައި ވަނީ ޓީޗަރުން ބޭނުން ކުރާ ހަތް ޓެބްލެޓާއި ހޭންޑް ބޭގެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސީސީޓީވީ ކެމެރާއެއްގެ އެހީގައި އެ ތަކެތި މިހާރު ހޯދާފައި ވާ ކަމަށެވެ. އަދި އެތަކެތި ފެނިފައި ވަނީ މާލޭ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި މިހާތަނަށް އަދި އެެއްވެސް މީހަކު ހައްޔަރު ކޮށްފައެވެ ނުވެއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ސްކޫލެއްގެ ތެރެއިން ވަައްކަން ކޮށްފައިވާ އިރު، ސްކޫލްތަކުގައި ސްޓާފް ރޫމަކީ އާންމު މީހުންނަށް ވަދެވޭ ގޮތަށް ހުއްދަ ދީފަފައިވާ ތަންތަނެއް ނޫނެވެ. ސްޓާފް ރޫމަކީ އެތަނުގެ މުވައްޒަފުންނަށް ވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ހުންނަ ތަންތަނެވެ.