ހުޅުމާލޭގައި އިއްޔެ ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގެ ތެރެއިން ނަސާރާ ދީނުގެ ލަވައެއް ޖެހީ ގަސްތުގައި ނޫން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ކްލިކް ކޮލެޖުން ބުނެފިއެވެ.
އެ ކޮލެޖުން އިއްޔެ ހުޅުމާލެ ސެންޓްރާލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިން ވަނީ ނަސާރާ ދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައެވެ.
އެކަމާ ގުޅިގެން ކްލިކް ކޮލެޖުން މިއަދު ބުނީ އެ ކޮލެޖްގެ ފަރާތުން އިއްޔެ ބޭއްވުނު ސްޕޯޓްސް ފެސްޓިވެލްގައި މާޝަލްއާޓްސް ހަރަކާތް އޮތް ވަގުތު ޖެހި ލަވަ އަކީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އިވެންޓްގެ ސައުންޑްއާއި ހަވާލުވެގެން ތިބި މީހުންނަށް އެކަން އިނގުމުން ބަދަލު ކުރިކަން ފާހަގަކޮށް އެ ކޮލެޓުން ވަނީ އެކަމަށްޓަކައި އެންމެ ރައްޔިތުންގެ ފަރާތުން މާފަށް އެދިފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އިޔާޒް ވަނީ އެ ފަދަ މުޑުދާރު އަމަލުތަކުގެ ސަބަބުން ކޮލެޖަށާއި މުޖްތަމައަށް ލިބޭ ގެއްލުން ތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެފަދަ ކަންތަކުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެދިފައެވެ.
ޕުލޭ ލިސްޓެއް ހަދައި ޗެކު ނުކުރެވޭ ފެންވަރުގެ ބަޔަކު ކޮލެޖެއް ހިންގާތީ ޙައިރާންވޭ..އެކަން ކޮށްފައި މާފަށް އެކަނި އެދުމަކުން ނުނިމޭނެ. އެކަން ކުރި ބަޔަކަށް ލިބެންޖެހޭ ގާނޫނީ އަދަބު ލިބެން ޖެހޭނެ .އަދި އެބަޔަކާ ދޭތެރޭގައި ކޮލެޖުންވެސް ފިޔަވަޅު އަޅަން ޖެހޭނެ