ޓޫރިޒަމް އާމްދަނީ އިތުރުކޮށް އިގުތިސޯދު ފުޅާކުރަން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ އާއި މާލެ އަތޮޅު ގާފަރު ފަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.
މިއަދު ރައީސް ނެރުއްވި ގަރާރުގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީ ކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވަނީ ބަޔާން ކޮށްފައެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅައިފައި ވާ ސަރަހައްދެއް ކަމުގައި ވުން ލާޒިމު ކޮށްފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީ ކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް، ރައީސްގެ ގަރާރަކުން ކަނޑައަޅައިފައި އޮންނަން ވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.
އެހެންކަމުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޑޫސިޓީގެ "ހަންކެޑެ" އާއި މާލެ އަތޮޅު ގާފަރު ފަޅަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވީ ކަމަށް ގަރާރުގައި ވެއެވެ.
ރިއަލް އެސްޓޭޓެ އުސޫލުން ތަރައްގީ ކުރާ އިރު އެތަންތަނުގައި ވިލާ އަޅާ ބޮޑުއަގުގައި ދިގު މުއްދަތަށް ވިއްކާހެދޭނެއެވެ.
ހަންކެޑެ މަމެން ނަށް ހެވޭ އޮޅާލިއަަސް އެކަމަކު ގާފަރު ފަޅަކީ އެއީ މާލޭ ސަރުކާރަށް ނިސްބަތްވާ ފަޅަަކަށްވާއިރު އެފަޅު ދޭން ޖެހޭނީ މީހުން ދިރިއުޅެން ގޯއްޗާއި އަދި އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރުމަށް ކޮންމެ މީހަކަށް 1 ހެކްޓަރުގެ ބިން މަހަކު 1000 ރުފިޔާގެ ކުއްޔެއް ސަރުކާރަށް ދައްކާ ގޮތަށް އަދި ހިއްކަން ޖެހޭނީ ގާފަރު ފަޅު އެއްކޮށޭ އެއިން ބައެއް ނޫނޭ ހިއްކަން ޖެހޭނީ އެތަނުން މާލެ ސައިޒުގެ 1000 މާލެ ނެގޭނެއޭ އެތަން ދޫކޮށް ނުވާނެއޭ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދޫކޮށްގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ